ހަރަކާތް : 1
ސުވަރުގެ
( ސާހިބުއްސަޢާދާ އަލްއުސްތާާޛު އިބްރާހިމް ޝިހާބު )
ހަޔާތުގެ ފިކުރުނެތްތަނެކޭ މަރެއްގެ ޚިޔާލު ނެތްތަނެކޭ
ގަޔާވެވިގެން ތިބޭ މަތިވެރި ޙަޔާތެއްވާ އެއީ ތަނެކޭ.
އިމާރާތްތައް ނުހަނު މަތިވެރި ޚަޒާނާތައް ނުހަނު އަގުހުރި
ދިމާއަށް ހާމަވެފައިހުރި ނިޔާމާ އަރާމު ހުރިތަނެކޭ
ހިތާމަކުރާ މިދުނިޔތަކާ ވަކިވެ މަތިވެރިވި ޢާލަމްގައި
ހިތަ ރޫހީ އުފާނޫނީ ލިބުން އަމުދުން ނުވާ ތަނެކޭ
ހިތައްވޭނެއް އިތުރު އުނދަގޫ ޢަޒާބެއް ދަތިކަމެއް އެއްވެސް
އެތައް ހިޔައަހަރު ވޭތތުވިއަސް ލިބުން ދުވަހަކު ނުވާތަނެކޭ
ނުވާ ދައްޗެއް ނުވާޤައިދެއް ނުވާގިނަގުނަވި އަމުރުތަކެއް
ނުވާ ބިރުވެރިކަމެއް ނާކާމިޔާބީއެއް އެއީ ތަނެކޭ
ލިބޭ އަމްނާއި ރާހަތުގައި ލިބޭލޯބީގެ ޢުލްފަތުގައި
މިބޭނުންތެރި ނިޢުމަތުގައި ، އަބަދު ދެމިވެސްތިބޭ ތަނެކޭ.
ލޮލުން ކަރުނައިގެ އަސަރުފިލާ އޮލުންތައްވެސް މުޅިން ނައްތާ
އަލުން އައު ހާއުފާވެރިކަން އިތުރުއަބަދަށްމެ ވާތަނެކޭ.
ހެމުން ހިނިތުންވަމުން ތަރުހިބު ކިއަމުން ޝުކުރު ގިނަކުރަމުން
ދެމުން އެކުވެރިކަމުގެ ވެދުމާ ސަލާމާ ވަންނަނިވި ތަނެކޭ
ރަބީޢުއަބަދު އައިސްފައިވާ ޚަރީފުގެ ހިޔަނިވެސް ނާޅާ
ރަފީޤުންނާއި އެކުގައި ދާއިމީ އުމުރެއް ލިބޭ ތަނެކޭ
ނުހަނު ޝައްފާފު އާރުތަކުން ހިނގާ އާބޭހަޔާތު ބޮމުން
ނުހަނު ފިނިފޮނިވި މޭވާތައް ހިތަށްއެރުމުން ލިބޭތަނެކޭ.
މިހާރު މިފެންނަ ހުރިހާ މާމަލާ އަދި ނުފެނިހުރި މާތައް
ޖިހާދުގެ އަހުލުވެރި އަބްތާލުންނަށް ވެދުމަށް ލިބޭ ތަނެކޭ
އެނތާގެގަހެއް އެނތާގެ ވެލެއް އެނތާގެ މަލެއް އެމަލުގެ ވަހެއް
އެތާކު ދެވަގުތަކަށް ދެގޮތެއްނުމެވެ ފަރިވެވެވި ފޮޅޭ ތަނެކޭ
ތަރިރުހަނދު އެކުއެކީގައި އުދަވެފައި ހުރުމަށްވުރެން އެދެވޭ
ފަރިވި ނޫރެއްގެ ނޫރުން ހިތްމި ނޫރާނީވެވޭ ތަނެކޭ
ޤަލަމް އެދުނަސް ނުލިޔެވޭހާ ޝުޢޫރަށްވެސް ނުގެނެވޭހާ
ބަލަން ލިބުނަސް ނުބުނެވޭހާ އަރާމާ އައިޝު ހުރި ތަނެކޭ
މިދުނިޔޭގައި އަދާވެވިގެން މެނޫނީ ވާޖިބާތު މޮޅަށް
އެދުނިޔއަކީ ހުވަފެނުންވެސް ދެވުންއެކަށޭނެ ނުވިތަނެކޭ
ދިއުން މިބުނާތަނަށް އެދިގެން ކުރާށޭ ހެއުޢަމަލު 'ޤުލްފާމް"
ކިއުންނަމަކަށް ސުވަރުގެ މަމެން ވެފައިވާ އާދައޭ ތަނެކޭ
---------------------------------------------------------
މަތީގައިވާ ޅެން ބޭނުން ކޮށްގެން ކުލާހެއްގައި ގެންދެވިދާނެހަރަކާތްތައް
ހ- ވާހަކަ ދެއްކުން.
ޅެމުގައި ބަޔާން ކޮށްފައިވާ މައުލޫމާތު ތަކަށް ބިނާކޮށް ދަރިވަރުން ލައްވާ ވާހަކަ ދައްކަން ހަވާލު ކުރެވިދާނެއެވެ. އެގޮތުން ދެވިދާނެ ސުރުހީތަކުގެ ތެރޭގައި
އަހަރެންނަށް އެންމެ ރީތި ޅެމަކީ ............
ދިވެހިންގެ މެދުގައި " ސުވަރުގެ" މިޅެން އެހާ މަޤުބޫލު ވީ ކީއްވެ ؟
ސުވަރުގެ އޭ ބުނުމުން ވާ އިހްސާސްތައް
މިފަދަ ސުރުހީތައް ދެވިދާނެއެވެ.
ފުރަތަމަ ގަޑި:
މި ގަޑި ކުރިއަށް ގެން ދިއުމަށްޓަކައި ކުލާސް 4 ނުވަތަ 5 ކުދިންގެ ގުރޫޕަށް ބަހާލާނީއެވެ. އެއަށްފަހުގައި ކޮންމެ ގުރޫޕަކަށް ޅެން ހަވާލު ކުރުމަށްފަހު ، ވާހަކަ ދެއްކުމަށްޓަކައި ޅެމުން މައުލޫމާތު ހޯދާ ނޯޓް ކުރުމަށް ބުނާނީއެވެ.މައުލޫމާތު ނޯޓްކޮށް ނިމުމުން ކުލާހަށް ހުށަހަޅުވާނީއެވެ.
ދެވަނަގަޑި:
ފުރަތަމަ ގަޑީގައި އެއްކުރިމައުލޫމާތުގެ އެހީގައި ގްރޫޕްގެ މެދުގައި ސުރުހީއާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށް ބުނާނީއެވެ. ކޮންމެ ކުއްޖަކަށްވެސް 3 މިނިޓާ 4 މިނިޓްގެ ވަގުތު ކޮޅެއް ދެވިދާނެއެވެ.( މިގޮތަށް ގެންދިއުމުން ވަގުތު ސަލާމަތްވެ ގިނަ ކުދިންނަށް ފުރުސަތު ދެވޭނެއެވެ. )
ތިންވަނަ ގަޑި:
ފުރަތަމަ އަދި ދެވަނަ ގަޑީގައި ލިބުނު މައުލޫމަތުގެ އަލީގައި މުޅި ކުލާހަށް ހުޅުވާލައިގެން ވާހަކަ ދެއްކުމުގެ މުބާރާތެއް ބާއްވާނީއެވެ.އެގޮތުން ކުލާހުން ދެ ޓީމް ނަގާ ،އެދެޓީމްގެ މެދުގައި މުބާރާތް ބޭއްވިދާނެއެވެ.އަދި ޖަޖުންގެ ގޮތުގައި ދަރިވަރުން ހަމަޖެއްސިދާނެއެވެ. ޖަޖުން ބަލަންވިީ ކަންތައްތައް ( ޖަޖްމަންޓް ކްރައިޓީރިއާ ) ދަރިވަރުންނާ މުދައްރިސް ހަވާލު ކުރަންވާނެއެވެ.
ނޯޓް: ސްކޫލްގައި ފާހަގަ ކުރާ ދިވެހި ދުވަހުގައިވެސް މިދަރިވަރުނަށް ވާހަކަ ދައްކަން ފުރުސަތު ދެވިދާނެއެވެ.
--------------------------------------------------------------------------------
ށ- މަޒުމޫން ލިޔުން
ފުރަތަމަ ގަޑި:
މި ގަޑި ކުރިއަށް ގެން ދިއުމަށްޓަކައި ކުލާސް 4 ނުވަތަ 5 ކުދިންގެ ގުރޫޕަށް ބަހާލާނީއެވެ. އެއަށްފަހުގައި ކޮންމެ ގުރޫޕަކަށް ޅެން ހަވާލު ކުރުމަށްފަހު ، މަޒުމޫން ލިޔުމައްޓަކައި ޅެމުން މައުލޫމާތު ހޯދާ ނޯޓް ކުރުމަށް ބުނާނީއެވެ.ކޮންމެ ދަރިވަރަކުވެސް މައުލުމާތު ނޯޓްކުރަންވާނެއެވެ. މައުލޫމާތު ނޯޓްކޮށް ނިމުމުން ކުލާހަށް ހުށަހަޅުވާނީއެވެ.
ދެވަނަގަޑި:
ފުރަތަމަ ގަޑީގައި އެއްކުރިމައުލޫމާތުގެ އެހީގައި ކޮންމެ ކުއްޖަކުވެސް މަޒުމޫނެއް ލިޔުމަށް ބުނާނީއެވެ.މަޒުމޫނުގެ ދިގުމިން ކަޑައަޅާނީ މަސައްކަތް ހަވާލު ކުރެވޭ ގްރޭޑެއްގެ ސިލަބަހުގައިވާ އަދަދަށެވެ.

ޅެމުގައި ބަޔާން ކޮށްފައިވާ
މައުލޫމާތު ތަކަށް ބިނާކޮށް ދަރިވަރުން ލައްވާ މަޒުމޫނެއް ލިޔަން ހަވާލު
ކުރެވިދާނެއެވެ. އެގޮތުން ދެވިދާނެ ސުރުހީތަކުގެ ތެރޭގައި
އަހަރެންނަށް އެންމެ ރީތި ޅެމަކީ ............
ދިވެހިންގެ މެދުގައި " ސުވަރުގެ" މިޅެން އެހާ މަޤުބޫލު ވީ ކީއްވެ ؟
ސުވަރުގެ އޭ ބުނުމުން ވާ އިހްސާސްތައް
މިފަދަ ސުރުހީތައް ދެވިދާނެއެވެ.ފުރަތަމަ ގަޑި:
މި ގަޑި ކުރިއަށް ގެން ދިއުމަށްޓަކައި ކުލާސް 4 ނުވަތަ 5 ކުދިންގެ ގުރޫޕަށް ބަހާލާނީއެވެ. އެއަށްފަހުގައި ކޮންމެ ގުރޫޕަކަށް ޅެން ހަވާލު ކުރުމަށްފަހު ، މަޒުމޫން ލިޔުމައްޓަކައި ޅެމުން މައުލޫމާތު ހޯދާ ނޯޓް ކުރުމަށް ބުނާނީއެވެ.ކޮންމެ ދަރިވަރަކުވެސް މައުލުމާތު ނޯޓްކުރަންވާނެއެވެ. މައުލޫމާތު ނޯޓްކޮށް ނިމުމުން ކުލާހަށް ހުށަހަޅުވާނީއެވެ.
ދެވަނަގަޑި:
ފުރަތަމަ ގަޑީގައި އެއްކުރިމައުލޫމާތުގެ އެހީގައި ކޮންމެ ކުއްޖަކުވެސް މަޒުމޫނެއް ލިޔުމަށް ބުނާނީއެވެ.މަޒުމޫނުގެ ދިގުމިން ކަޑައަޅާނީ މަސައްކަތް ހަވާލު ކުރެވޭ ގްރޭޑެއްގެ ސިލަބަހުގައިވާ އަދަދަށެވެ.
ތިންވަނަ ގަޑި:
ދަރިވަރުން ލިޔުނު މަޒުމޫން ކުލާހަށް ހުށަހަޅުވާނީއެވެ. ބެނުމަކީ މައުލޫމާތު މުއްސަދި ކުރުމާއި ދަރިވަރުން ކުރި މަސައްކަތް ދަރިވަރުންނާ ހިއްސާ ކުރުމެވެ.
ނ- ޅެމުގެ ޖުމްލަ މާނަ ލިޔުއްވުން
ދަރިވަރުންނާ ޅެން ހަވާލު ކުރުމަށްފަހު ، ޅެމުގެ ޖުމްލަ މާނަ ލިޔަން ހަވާލު ކުރެވިދާނެއެވެ. އެގޮތުން ޅެން ބައިތުތައް ވަކިވަކިންވެސް ދެވިދާނެއެވެ. އަދި ދެބައިތު ނުވަތަ ތިންބައިތުވެސް ދެވިދާނެއެވެ. ( ޅެމުގެ ޖުމްލަ މާނަ ލިޔަން ދޭނީ އެގްރޭޑަކަށް މުޤައްރަރުގައި ހިމެނިފައިވާ މިންވަރަށެވެ.) މިމަސައްކަތް ގުރޫޕްކޮށް އަދި ވަކިވަކިންވެސް ދެވިދާނެއެވެ.
ރ - ޅެން ޝަރަހަ ކުރުން
ދަރިވަރުންނާ ޅެން ހަވާލު ކުރުމަށްފަހު ، ޅެން ޝަރަހަ ކުރަން ހަވާލު
ކުރެވިދާނެއެވެ. އެގޮތުން ޅެން ބައިތުތައް ވަކިވަކިންވެސް ދެވިދާނެއެވެ.
އަދި ދެބައިތު ނުވަތަ ތިންބައިތުވެސް ދެވިދާނެއެވެ. ( ޅެން ޝަރަހަ ކުރަން ހަވާލު ކުރާނީ އެގްރޭޑަކަށް މުޤައްރަރުގައި ހިމެނިފައިވާ މިންވަރަށެވެ.މިމަސައްކަތްވެސް ގުރޫޕްކޮށް އަދި ވަކިވަކިންވެސް ދެވިދާނެއެވެ.
ބ-ބަސްކޮށާރު މުއްސަދި ކުރުން
ބަސްކޮށާރު މުއްސަދި ކުރުމަށްޓަކައި ޅެމުގައިވާ ބަސްތަކުގެ މާނަ ހޯދަން ހަވާލު ކުރެވިދާނެއެވެ. މިމަސައްކަތްވެސް ގުރޫޕްކޮށް އަދި ވަކިވަކިންވެސް ދެވިދާނެއެވެ.
އެގޮތުން ދެވިދާނެ ބަސްތަކުގެ ތެރޭގައި އައިޝް ، ގަޔާވުން ، ނިޔާމަ ، ރޫހީ ، ޤައިދު
އަމްނު ، ރާހަތު ، ޢުލްފަތު ، ނިޢުމަތް ، ރަބީޢު ، ޚަރީފު ، ރަފީޤު ، ޝައްފާފު ،
އެގޮތުން ދެވިދާނެ ބަސްތަކުގެ ތެރޭގައި އައިޝް ، ގަޔާވުން ، ނިޔާމަ ، ރޫހީ ، ޤައިދު
އަމްނު ، ރާހަތު ، ޢުލްފަތު ، ނިޢުމަތް ، ރަބީޢު ، ޚަރީފު ، ރަފީޤު ، ޝައްފާފު ،
ޅ- ޖުްމްލަ ހެދުން
ޅެމުގައިވާ ބަސްތައް ބެނުން ކޮށްގެން ޖުމްލަ ހަދަން ދެވިދާނެއެވެ. މިމަސައްކަތްވެސް ގުރޫޕްކޮށް އަދި ވަކިވަކިންވެސް ދެވިދާނެއެވެ.
ކ- ރާގަށްޅެން ކިޔުން
ދަރިވަރުންނާ ޅެން ހަވާލު ކުރުމަށްފަހު ޅެން ކިޔާ ރާގަށް ދަރިވަރުން ލައްވާ ޅެން ކިޔުއްވުން.މިމަސައްކަތްވެސް ގުރޫޕްކޮށް އަދި ވަކިވަކިންވެސް ދެވިދާނެއެވެ.
-------------------------------------------------------------------------------------------------------------------------
ހަރަކާތް:2
-------------------------------------------------------------------------------------------------------------------------
ހަރަކާތް:2
އަދަބީ ބަސް
މަތީގައިވާ އަދަބި ބަސްތައް ބޭނުން ކޮށްގެން ކުލާހެއްގައި ގެންދެވިދާނެހަރަކާތްތައް
ހ- އަދަބީ ބަސްތަކުގެ މާނަ ލިޔުއްވުން..
މިމަސައްކަތްވެސް ގުރޫޕްކޮށް އަދި ވަކިވަކިންވެސް ދެވިދާނެއެވެ.
ދަރިވަރުންނަށް އަދަބީ ބަސްތައް ދިނުމަށްފަހު، މާނަ ލިޔަން ހަވާލުކުރުން.
ށ- އަދަބީ ބަހަށް ހާދިސާ ލިއުއްވުން.
ދަރިވަރުންނާ އަދަބީ ބަސް ހަވާލު ކުރުމަށްފަހު ، އެ އަދަބީ ބަހަށް ހާދިސާ ލިޔުއްވުން.މިމަސައްކަތްވެސް ގުރޫޕްކޮށް އަދި ވަކިވަކިންވެސް ދެވިދާނެއެވެ.
ނ- އަދަބީ ބަސް ބޭނުން ކޮށްގެން ޑައިލޮގު ލިޔުއްވުން.
ދަރިވަރުންނާ އަދަބީ ބަސް ހަވާލު ކުރުމަށްފަހު ، އަދަބީ ބަސް ބޭނުން ކޮށްގެން ޑައިލޮގެއް ލިޔުއްވުން. މިމަސައްކަތްވެސް ގުރޫޕްކޮށް އަދި ވަކިވަކިންވެސް ދެވިދާނެއެވެ.
ރ. އަދަބި ބަހާއި ގުޅޭ ގޮތުން ޕްރޮޖެކްޓް މަސައްކަތެއް ހަވާލު ކުރުން.
ޕްރޮޖެކްޓްގައި ހިމެނިދާނެ ބައިތައް:
ތައާރަފް ، ކަޑައެޅޭ އަދަދަކަށް އަދަބީބަސް ލިޔުން ، ކަޑައެޅޭ އަދަދަކަށް އަދަބީ ބަހަށް ހާދިސާ ލިޔުން ، ކަޑައެޅޭ އަދަދެއްގެ އަދަބީބަސް ބޭނުން ކޮށްގެން ޑައިލޮގެއް ލިޔުން. ( އަދަދު ކަޑައަޅާނީ އެގްރޭޑެއްގެ ސިލަބަހަށް ބަލައިގެން.). މިމަސައްކަތްވެސް ގުރޫޕްކޮށް އަދި ވަކިވަކިންވެސް ދެވިދާނެއެވެ.
-------------------------------------------------------------------------------------------------------------------------
ހަރަކާތް:3

އުފެއްދުންތެރި ލިޔުން
މަތީގައިވާ ފޮޓޯ ބޭނުން ކޮށްގެން އުފެއްދުންތެރި ލިޔުމެއް ލިޔަން ދަރިވަރުންނާ ހަވާލު ކުރެވިދާނެއެވެ. އެގޮތުން ދެވިދާނެ ސުރުހީ ތަކުގެ ތެރޭގައި
ހ- އަހަރެންނަކީ ކޭކެއް ނަމަ....... ށ- ކޭކެއްގެ ހަޔާތުން ދުވަހެއް. ނ- ކޭކެއްގެ އިހްސާސް .
ނޯޓް: މިމަސައްކަތް ގުރޫޕްގެ މެދުގައި ކުރުވުމައްޓަކައި ކުލާސް 5 ގުރޫޕަށްބަހާލާނީއެވެ.
ހ- އަހަރެންނަކީ ކޭކެއް ނަމަ....... ށ- ކޭކެއްގެ ހަޔާތުން ދުވަހެއް. ނ- ކޭކެއްގެ އިހްސާސް .
ނޯޓް: މިމަސައްކަތް ގުރޫޕްގެ މެދުގައި ކުރުވުމައްޓަކައި ކުލާސް 5 ގުރޫޕަށްބަހާލާނީއެވެ.
އުފެއްދުންތެރި ލިޔުމެއް ގެންދެވިދާނެ ގޮތެއް
ކުލާސް 5 ގުރޫޕަކަށް
ބަހާލުން.
އެއަށްފަހު ކޮންމެ
ގުރޫޕަކަށް ތަޅުދަނޑިއެއް ދިނުން.
(ވިނަމަ ތަޅުދަނޑި ، ލަފާކުރާ ތަޅުދަނޑި ، އާއީޖާދުގެ ތަޅުދަނޑި ގެއްލުން ބުނެދޭ ތަޅުދަނޑި ، ކުރެވޭ ބޭނުންތަކުގެ ތަޅުދަނޑި )
ދެން ތަލުދަނޑީގެ ބޭނުން ކިޔާދީ ކޮންމެ ގުރޫޕަކުން 5-7 ޖުމްލައިގެ ޕެރެގްރާފެއް ލިޔުމަށް
ބުނުން.
ގުރޫޕް:1 (
ވިނަމަ ތަޅުދަނޑި)
ތިޔަކުދިންނަކީ ކޭކަކަށް ވިނަމަ
ކަންތައްތައް ކުރާނެ ގޮތް.
ގުރޫޕު:2 ލަފާކުރުމުގެ ތަޅުދަނޑި.
ތިޔަދަރިވަރުން ކޭކެއްގެ ހާލަތުގައި
އޮންނައިރު ކުރާނެ ކަންތައްތައް ލަފާ ކުރުމަށްފަހު ލިޔުން.
ގުރޫޕު.3 އާއިޖާދުގެ ތަޅުދަނޑި.
ތިޔަދަރިވަރުންނަކީ ކޭކުކަމަށް ބަލައިގެން ކޭކުގެ ބޭނުންކުރެވިދާނެ އާގޮތްގޮތް ވިސްނުމަށްފަހު ލިޔުން.
ގުރޫޕު.4 ގެއްލުން ބުނެދޭ ތަޅުދަނޑި.
ތިޔަދަރިވަރުންނަކީ ކޭކު ކަމަށްބަލައިގެން ކޭކުންން ލިބޭނެ ގެއްލުންތައް ލިޔުން.
ގުރޫޕު:5 ކުރެވޭ
ބޭނުން ތަކުގެ ތަޅުދަނޑި
ތިޔަދަރިވަރުންނަކީ ކޭކު ކަމަށްބަލައިގެން ކޭކުންން ހިފޭ ބޭނުންތައް ލިޔުން.
ދަރިވަރުންގެ މަސައްކަތް ކުލާހަށް ހުށަހެލުވުން.
ހުރިހާ ގުރޫޕެއްގެ މަސައްކަތް އެއްގަޑެއްގައި ތަތް ކުރުވާ އެއްލިޔުމަކަށް ހެދުން.
---------------------------------------------------------------------------------
---------------------------------------------------------------------------------
ހަރަކާތް: 4 ( ތިންކް ޕެއަރ
ޝެއަރ )
މަޤްޞަދު: ކުލާހުގެ ހުރިހާ ދަރިވަރުންގެ ޚިޔާލާއި މަޝްވަރާޔާ ބައިވެރިވުން ލިބިގެން 6
ބަސް ރައިވަރެއްގެ ޖުމުލަމާނަ ލިޔުން
ގްރޭޑް: 8
އެކްޓިވިޓީ ކުރިޔަށް ގެންދާނެގޮތް
އެންމެ ފުރަތަމަ ކުލާހުގެ ކޮންމެ ކުއްޖަކަށްވެސް
ހަބަސް ރައިވަރެއް ދޭނީއެވެ. ( މިގޮތަށް ހުރިހާ ކުދިންނަށްވެސް ދޭނީ އެއް
ރައިވަރެކެވެ.) އެއަށްފަހު ދެވިފައިވާ ރައިވަރުގައި ބުނާއެއްޗަކާ މެދު ކޮންމެ
ކުއްޖަކުވެސް ރަނގަޅަށް ވިސްނާލުމަށް ބުނާނީއެވެ. އަދި އެކުއްޖަކަށް ދޭހަވީ
ގޮތަކަށް ރައިވަރުގެ ޖުމުލަމާނަ ނޯޓްކުރުމަށްވެސް ބުނާނީއެވެ. ( މި މަސައްކަތަށް
ދޭނީ 5 މިނިޓެވެ. ) ވަގުތުހަމަވުމުން މަސައްކަތް ހުއްޓާލުމަށް ބުނާނީއެވެ.
އެއަށްފަހު ކުލާސް ދެކުދިންގެ ގްރޫޕްތަކަކަށް ގްރޫޕްކޮށްލާނީއެވެ. އެއަށްފަހު
އެކަކު އަނެކަކަށް ޚިޔާލުބަދަލުކޮށް މަޝްވަރާކުރުމަށް ފުރުޞަތުދޭނީއެވެ. އަދި ދެކުދިން
މަޝްވަރާކޮށްގެން ދެކުދިންގެ ޚިޔާލާއެއްގޮތަށް ދެވިފައިވާ ރައިވަރުގެ ޖުމުލަމާނަ
ލިޔުއްވާނީއެވެ. މިކަމަށް ދޭނީ 8 މިނިޓެވެ.) އެއަށްފަހު ކޮންމެ ޕެއަރއެއްގެ
މަސައްކަތް ކުލާހަށް ހުށަހަޅައި އެހެން ޕެއަރތަކާ ޙިއްސާކުރާނީއެވެ.
މި
އެކްޓިވިޓީއަކީ ގްރޭޑް 8 ގެ ދަރިވަރުންނަށް ރައިވަރުގެ ޖުމުލަމާނަ ލިޔާނެގޮތް
އޮޅުންފިލުވައި ދިނުމަށްފަހު، ޖުމުލަމާނަ ލިޔަން ފަރިތަކުރުވުމުގެ ގޮތުން
ގެންދެވިދާނެ އެކްޓިވިޓީއެކެވެ.
|
No comments:
Post a Comment