ކިޔަވައި ދިނުމުގައި
ބޭނުން ކުރެވިދާނެ ގޮތްތައް
1–
ލޭނގްއޭޖް ޓީޗިންގ މެތަޑް .
މިއީ ދެވަނަ ބަހެއްގެ ގޮތުގައި އެހެން ބަހެއް ކިޔަވައިދޭ
ދިނުމެވެ. ވިކިޕީޑިއަރ (1998 )ގެ އާރޓިކަލްގައި ވާގޮތުން މި މެތަޑު ކިޔަވައި
ދިނުމުގައި ތަފާތު ގޮތްތައް ބޭނުން ކުރެއެވެ. އެގޮތުން ސިދާ އެބަހެއް
އަޑުއިއްވައިގެން ކިޔަވައި ދިނުމާއި ( ޑައެރެކްޓް މެތަޑު ) ، ގްރެމާ
ޓްރާންސްލޭޝަން، މިއީ އެބަހެއްގެ ޤަވައިދު ކިޔަވައި
ދިނުމެވެ. އޯޑިއޯ ލިންގުއަލް މެތަޑު، މިއީ އެބަހެއް އޮޑިއޯގެ ޒަރިއްޔާއިން އަޑު
އަހައިގެން އުގަންނައި ދިނުމުގެ ވައްތަރެވެ. އަޅުގަނޑު ދެކޭ ގޮތުގައި ބަހެއް
ކިޔަވައި ދިނުމުގައި ތަފާތު އެތައް ގޮތްތަކެއް ބޭނުން ކުރަންޖެހޭނެއެވެ.ހަމައެކަނި
އަޑު އިއްވައިގެން ބަހެއް ދަސްނުވާނެއެވެ. ނަމަވެސް ބަހެއް އުގަންނައި ދިނުމުގައި
ގްރެމާ ކިޔަވައި ދިނުމަކީ ވަރަށް މުހިންމު ކަމެއްކަމުގައި އަޅުގަނޑުވެސް ދެކެމެވެ.
2. ކްލާސްރޫމް ޓީޗިންގ މެތަޑް.
ކްލާސް ރޫމް ޓީޗިންގ މެތަޑު މާނަކުރެވޭ ގޮތުގައި މިއީ
ދަރިވަރުންނަށް އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭ ދިނުމެވެ. އެގޮތުން
ވިކިޕީޑިއަރ ( 2010 ) ގެ އާރޓިކަލްގައި ވާގޮތުން ދަރިވަރުންނަށް ދެވޭ ހޯމްވޯރކް ޕްރޮޖެކްޓް
ފަދަ މަސައްކަތް ކުރުމުގައި ދިމާވާ މައްސަލަތަކަށް އެހީތެރިވެދިނުމާއި ދަރިވަރުން
ކުރާ ސުވާލުތަކަށް މުދައްރިސުން ޖަވާބު ދެއްވުމެވެ. އަދި ދަރިވަރުންނަށް އޮޅުން
އަރާ ހުރިހާ ކަންތައްތަކެއް ހައްލު ކޮށްދީ އެހީތެރިވެދިނުމަކީ ކްލާސްރޫމް ޓީޗިންގ
މެތަޑުގެ އެންމެ މުހިންމު އަސާސްކަމަށް އެއާރޓިކަލްގައި ވެއެވެ.
އަޅުގަނޑުގެ
ނަޒަރުގައި މިއީ ކިޔަވައި ދިނުމުގެ ވަރަށް ކާމިޔާބު ވައްތަރެކެވެ. މިއީ ގިނަ
މުދައްރިސުންގެ ފަރާތުން ނުފެންނަކަމެކެވެ. ދަރިވަރުންނަކީ މުދައްރިސުންގެ
އެހީތެރިކަން ނިހާޔަތަށް ބޭނުންވެފައިވާ ބަޔަކަށްވުމުން މިމެތަޑު ބޭނުންކުރުމަކީ
ދަރިވަރުންނަށް ނިހާޔަތަށް ބޭނުންތެރި ކަމެއްކަމުގައި ދެކެމެވެ.
3. ލިޓްރެސީ ޓީޗިންގ މެތަޑް.
މިއީ ބަހުގެ މައުލޫމާތު ދިނުމުގެ ވައްތަރެކެވެ. އެގޮތުން
ކޮންމެ މީހަކަށް އުގަންނައި ދިނުމަކީ ކޮންމެ ފަރުދަކަށް ލިބިދޭންޖެހޭ ހައްޤެއްކަމަށް
އެމެރިކާގެ އޮކްސްފޯރޑް ޔުނިވަރސިޓީ( 1999 ) އިން ނެރުނު އާރޓިކަލް އެއްގައި
ހާމަކޮށްފައިވެއެވެ.އެގޮތުން ކޮންމެ ފަރުދަކަށްވެސް މައުލޫމާތު ފޯރުކޮށްދިނުމަކީ، ލިޓްރެސީ ޓީޗިންގ މެތަޑެވެ.ނަމަވެސް މައުލޫމާތު ފޯރުކޮށް
ދިނުމަކުން އެމައުލޫމާތެއްގެ ބޭނުން ހިފަން އެގޭނެކަމަކަށް އަޅުގަނޑު
ނުދެކެމެވެ.އޭގެ ބަދަލުގައި ތަފާތު އެކި ހަރަކާތްތަކުގެ އެހީގައި މައުލޫމާތު
ދެވިއްޖެނަމަ ، އެމައުލޫމާތެއް ފަހުމްވުމަށް ފަސޭހަތަކެއް ވެގެންދާނެ ކަމަށް
ޤަބޫލުކުރެވެއެވެ.
4.
އެލެމެންޓްރީ ޓީޗިން މެތަޑް.
މިއީ ދަރިވަރުންނަށް އެންމެ ޅަފަތުގައި ދެވޭ ތައުލީމްގެ
ވައްތަރެކެވެ. މެންޑީއެމްމުރީ ( 2004) ހާމަ ކުރައްވާ ގޮތުގައި މިހަރުފަތުގައި
ދަރިވަރުންގެ ކިޔެވުން ބައްޓަން ކުރަންވާނީ ކުޅުމުގެ ތެރެއިން އުގެނޭ ގޮތަށެވެ.
އެގޮތުން މެންޑީ އެމްމުރީގެ އާރޓިކަލްގައި ވާގޮތުން ޑްރާމާ ކުޅުވުމާއި ކުޅިވަރުގެ
ތެރެއިން މިމަރުހަލާ ކަޑައްތު ކުރުމުން ދަރިވަރުންނަށް ދަސްވާ މިންވަރު އިތުރުވެ
ގިނަ ދުވަސްތަކަކަށް ހަދާނުގައި މައުލޫމާތު ހަރުލާނެއެވެ.
މިމެތަޑަކީވެސް
އަޅުގަނޑު ޤަބޫލު ކުރާ ގޮތުގައި ޅަފަތުގައި އުގެނޭ ދަރިވަރުންނަށް ވަރަށް ކާމިޔާބު
ކިޔަވައި ދިނުމުގެ ވައްތަރެކެވެ. ކުޅިވަރާއި މަޖަލުގެ ތެރެއިން ދަރިވަރުން
އުގެނުމުން ކިޔެވުމަށް ފޫހިނުވެ ، ހަނދާނުގައި ހަރުލާ މިންވަރު އިތުރުވެގެން
ދާނެކަމަށް އަޅުގެ ތަޖުރިބާއިންވެސް ހާމަވެގެން ދެއެވެ. މިއީ ޅަފަތުގެ އުގެނުމަށް
ރަގަޅު މެތަޑެއްކަމަށް ޤަބޫލު ކުރެވެއެވެ.
5. ކްރިއެޓިވިޓީ ޓީޗިންގ މެތަޑް.
މިމެތަޑަކީ ކުލާހުގައި ތިބޭ ހުރިހާ ކުދިން ޝާމިލް
ކުރެވޭގޮތަށް ކިޔެވުން ބައްޓަން ކޮށްގެން ކިޔަވައި ދެވިދާނެ ވަރަށް ރަގަޅު
މެތަޑެކެވެ. އެގޮތުން ދަރިވަރުން މިމެތަޑަށް އުގެނޭއިރު އަމިއްލައަށް ކަންކަން
ދިރާސާކޮށް ކިޔެވުމުގައި އަމަލީ ގޮތުން ބައިވެރިވެ އާއީޖާދުތައް ނެރޭނެއެވެ.
ނުވަތަ ދަރިވަރުންގެ އަމިއްލަ އުފެއްދުންތެރިކަން ފެނިގެން ދާނެއެވެ.މިއީވެސް
އަޅުގަޑު ދެކޭގޮތުގައި ކިޔަވައި ދިނުމުގެ ގޮތްތަކުގެ ތެރެއިން ވަރަށް ކާމިޔާބު
ރަގަޅު މެތަޑެކެވެ. އަޅުގަނޑުމެންގެ ކުލާސް ރޫމުން މިފަދަ މެތަޑުތައް ފެންނަ މިންވަރު
މަދެވެ. މިފަދަ ގޮތްތައް ބޭނުން ކުރުމުން ދަރިވަރުންގެ ވިސްނުން އިތުރުވެ،
ގަޔާވެގެން މަސައްކަތް ކުރާނެކަމަށް ދެކެމެވެ.
6. ކޯރޕަރޭޓިވް ލަރނިންގ މެތަޑް
މިއީ ހުރިހާ ދަރިވަރުން ބައިވެރި ކުރުވައިގެން ކިޔަވައި ދިނުމުގެ ކާމިޔާބު
ވައްތަރެކެވެ. މި ގޮތަށް ކިޔަވައި ދިނުމުގައި ދަރިވަރުން ކުދި ގްރޫޕް ތަކެއްގެ
އެހީގައި އެއްދަރިވަރަކު އަނެއް ދަރިވަރަކަށް އެހީތެރިކަން ފޯރުކޮށްދީގެން، މުދައްރިސް ދޭއްވާ އިރުޝާދުތަކުގެ އަލީގައި އުނގެނުން
ކުރިއަށް ގެންދެއެވެ.ކަރިކިއުލަމް ސްޓަޑީޒް(2011)ގެ ފޮތުގައި ހާމަ ކުރައްވާފައިވާ ގޮތުން
ފާއިތުވެ ދިޔަ 90 އަހަރުތެރޭގައި ކުރެވުނު 600 އަށް ވުރެ ގިނަ ޢިލްމީ ދިރާސާތަކުން
ހާމަވާ ގޮތުގައި، ގުޅިގެން އުގެނޭ
ގޮތަށް ކިޔެވުން ބައްޓަން ކުރުމަކީ ވާދަވެރި މާހައުލެއްގައި އެކުވެރިކަމާއެކު
އުގަންނައި ދިނުމުގެ ވަރަށް ކާމިޔާބު ވައްތަރެކެވެ. އަޅުގަނޑުގެ އަމިއްލަ
ތަޖުރިބާއަށް ބަލާއިރުވެސް މިގޮތަށް ކިޔަވައި ދިނުމުން ދަރިވަރުންގެ މެދުގައި
އެކުވެރިކަން ބަދަހިވެ އެކުވެރި ވާދަވެރި މާހައުލެއްގައި އުގެނެމުން ދާނެއެވެ.
މިއި ކިޔަވައި ދިނުމުގެ ވަރަށް ކާމިޔާބު ވައްތަރެކެވެ.
7. އިންކްއަރީ ބޭސްޑް ލަރނިންގ
މެތަޑް
މިއީ ޕްރޮޖެކްޓް ، ރިސަރޗް ، އިންވެސްޓިގޭޝަން ފަދަ
މަސައްކަތުން އުގެނޭ އުގެނުމެވެ. މިމެތަޑުގައި ދަރިވަރުންނަށް އަމަލީ ގޮތުން
މަސައްކަތް ކުރުމުގެ ފުރުސަތު ދެވެއެވެ. ޖޯސަފް ސިސްވާބް (1960 ) ހާމަ ކުރައްވާ
ގޮތުގައި އިންކްއަރީ ބޭސްސްޑް މެތަޑަކީ ދަރިވަރުން އުގެނުމުގައި ކާމިޔާބިތަކެއް
ހޯދިދާނެ ކިޔަވައި ދިނުމުގެ ވައްތަރެކެވެ.ކިޔަވައި ދިނުމުގެ މިމެތަޑަކީވެސް
އަޅުގަނޑުގެ ނަޒަރުގައި ކިޔަވައި ދިނުމަށް ވަރަށް ރަގަޅު މެތަޑެކެވެ.ނަމަވެސް
މިމެތަޑަކީވެސް ވަރަށް މަދުން ނޫނީ ދިވެހިރާއްޖޭގެ ސްކޫލްތަކުން ނުފެންނަ ކިޔަވައި
ދިނުމުގެ ވައްތަރެކެވެ.އެހެންކަމުން ދަރިވަރުން އަމަލީ މައިދާނުގައި މަސައްކަތް
ކުރާއިރު ދަރިވަރުންގެ ކިބައިން އިސްނެގުމާއި ބައިވެރިވުން ނުފެނެއެވެ. އަޅުގަނޑު
ދެކޭ ގޮތުގައި މިފަދަ ގޮތްތައް ސްކޫލްގައި ބޭނުން ކުރެވޭނަމަ ، ދަރިވަރުން
ކަންކަމަށް ލޯހުޅުވި ، އަމަލީ މައި ދާނުގައި ކާމިޔާބިތައް ހޯދާނެއެވެ
8. ސްޓޫޑެންޓް ސެންޓަރޑް ލަރނިންގ މެތަޑް
މިމެތަޑަކީ ދަރިވަރުންގެ ބޭނުންތަކަށް އިސްކަންދީގެން ދަރިވަރުންގެ
ބައިވެރިވުމާއި އެކީގައި ކުރިއަށްގެންދެވޭ ކިޔަވައި ދިނުމުގެ ވަރަށް ކާމިޔާބު
ވައްތަރެކެވެ. މިގޮތަށް ކިޔަވައި ދިނުމުގައި މުދައްރިސްގެ ދައުރު ކުޑަވެ
ދަރިވަރުންގެ ދައުރު ބޮޑުވެގެންދާނެއެވެ. އެހެންކަމުން ކުލާހުގައި ބޭކާރު ވާހަކަ
ދެއްކުމާއި ސަކަރާތްޖެހުމުގެ ބައި ކުޑަވެ، ދަރިވަރުން އަމިއްލައަށް އުގެނޭނެއެވެ.
މުދައްރިސްވާނީ ދަރިވަރުންނަށް މަގުދައްކާ އާރުކާޓީއަކަށެވެ. ވިކަޕީޑިއާ، (2013) ގައިވާ ގޮތުން،
ދަރިވަރުންނަށް ބަރޯސާވެ އުނގަންނައިދިނުމަކީ، ވަރަށް އުފެއްދުންތެރި އުކުޅެކެވެ. އަޅުގަނޑުގެ އަމިއްލަ
ތަޖުރިބާއަށް ބަލާއިރު ކިޔަވައި ދިނުމުގައި ވަރަށް ކާމިޔާބު ގޮތެކެވެ.މިގޮތަށް
ކިޔަވައި ދެއްވާ މުދައްރިސުންގެ ގަޑިތަށް ވެގެންދާނީ ވަރަށް އެކުވެރި މުދައްރިސާއި
ދަރިވަރުންގެ ގުޅުން ބޮޑު ގަޑިތަކަކަށެވެ.އަދި ދަރިވަރުން އުގެނޭނީ ،
އަމިއްލަކަމެއްގެ ގޮތުގައެވެ. ދަރިވަރުން އާއީޖާދުތައްކޮށް އެއްކުއްޖަކު
އަނެއްކުއްޖަކަށް އެހީތެރިވެދީ ހަދާނެއެވެ. އަދި އެކުދިން ކުރާ މަސައްކަތް ވެގެން
ދާނީ އެކުދިން އަމިއްލައަށް ކުރާ މަސައްކަތެއްގެ ގޮތުގައެވެ.އެހެންކަމުން ކޮންމެ
ކުއްޖަކުވެސް ގަޑި ނިމިގެންދާނީ ހިތްހަމަ ޖެހިގެންނެވެ.
.9. ޓީޗަރ ސެންޓަރޑް ލަރނިންގ
މެތަޑް.
މިއީ މުދައްރިސްގެ ދައުރު ބޮޑު ކިޔަވައި ދިނުމުގެ ވައްތަރެކެވެ. މިއީ އެންމެ
އެވޭލާ ޒަމާނުގައި ކިޔަވައިދީ އުޅުނު ގޮތުގެ ވައްތަރެކެވެ. މިގޮތަށް ކިޔަވައި
ދިނުމުން ދަރިވަރުން ފޫހިވެ ، ކްލާސް ހަލަބޮލި ވެގެންދާތަން އާދެއެވެ. އަދި
މިގޮތަށް ކިޔަވައި ދިނުމުން ދަރިވަރުންގެ ބޭނުންތައް އެހާ ރަގަޅަށް ފުއްދައި
ނުދެވޭނެއެވެ.އޭގެ ބަދަލުގައި މުދައްރިސް ބޭނުންވާގޮތަށް( ބޮސް މެތަޑު ) ކިޔެވުން
ދާނީ ބައްޓަން ވެގެންނެވެ.ދަރިވަރުންގެ މާ ބޮޑު ދައުރެއް ނޮއޮންނާނެއެވެ. ދަރިވަރުން ތިބޭންޖެހޭނީ އަޑުއަހާށެވެ. ނުވަތަ މުދައްރިސް އަންގާ ކަމެއް
ކުރާށެވެ. ހުރިހާ ދައުރެއް އަދާކުރާނީ މުދައްރިސެވެ. "ދިރާސާއަކުން
ހާމަކޮށްފައިވާ ގޮތުގައި ހަމައެކަނި ބަސްމަގު ބޭނުންކޮށްގެން އަޑުއެހުމުގައި
ދަރިވަރުން ހޭދަކުރާ ވަގުތުގެ %40 ވަގުތަކީ އެމީހުން ސަމާލުކަން ނުދޭ ވަގުތެވެ."
(ޕޮއްލިއޯ،1994).އަދި "މިގޮތަށް ކިޔަވައިދޭނަމަ، ކުރިއަރަނީ
ބުލޫމުސް ޓެކްސޮނަމީ (1956) ގައިފާހަގަ
ކޮށްފައިވާ މަޢުލޫމާތުގެ އެންމެ ދަށް ލެވެލްއެވެ" (ފެކަލްޓީ އޮފް
އެޑިޔުކޭޝަން). އަޅުގަޑު ދެކޭ ގޮތުގައިވެސް މިއީ
ކިޔަވައި ދިނުމަށް އެހާ ރަގަޅު ގޮތެއްނޫނެވެ.
10.މޮންޓިސޮރީ އެޑިއުކޭޝަން މެތަޑް.
އިޓާލިއަން އިލްމީ ޕިލޯސަފަރެއް ކަމުގައިވާ މަރިޔާ
މޮންޓިސަރީ (1997) ހާމަ ކުރައްވާ ގޮތުގައި މޮންޓިސަރީ އެޑިއުކޭޝަނަކީ، ދަރިވަރުންނަށް އުފާވެރި ކިޔެވުމުގެ މާހައުލެއް
އުފައްދައިދީ ދަރިވަރުން މިނިވަންކަމާއި އެކި އުގެނުމުގެ މާހައުލެއް ޤައިމު
ކޮށްދީގެން ކިޔަވައި ދިނުމުގެ ވައްތަރެކެވެ. މިއީ ކިޔަވައި ދިނުމުގެ ވަރަށް
ކާމިޔާބު ވައްތަރެކެވެ. މިގޮތަށް ކިޔަވައި ދިނުން ބައްޓަން ކުރުމުން ދަރިވަރުން
ކިޔެވުމަށް ހިތްޖެހި ހުރިހާ ދަރިވަރުން އުފާވެރި މާހައުލެއްގައި ކިޔެވުން ކުރިއަށް
ގެންދާނެކަމަށް އަޅުގަޑުގެ ތަޖުރިބާއަށް ބުރަވާއިރު ޤަބުލުކުރެވެއެވެ. ނަމަވެސް
ހިތާމައަކީ ، ގިނަ މުދައްރިސުންގެ ފަރާތުން މިކަންތައްތައް ނުފެންނަ ކަމެވެ.
ބައެއް މުދައްރިސުން ދެކިލައްވާ ގޮތުގައި ކުލާސް މާހަލަބޮލިވެ އަޑުގަދަ ވުމަކީ
ކްލާސް ކޮންޓްރޯލް ނުވުމެވެ. އަދިވެސް ބައެއް މުދައްރިސުން ދެކިލައްވާ ގޮތުގައި
ދަރިވަރުންނަށް މާބޮޑަށް މިނިވަންކަން ދިނުމަކީ މުދައްރިސުންނާއި މެދު ދަރިވަރުން
ދެކޭ ގޮތް ބަދަލުވެ، އިހްތިރާމް ކުރުން ދަށްވާ ކަމެކެވެ. ނަމަވެސް އަޅުގަނޑުގެ
ތަޖުރިބާއަށް ބަލާއިރު ދަރިވަރުންނާއި ގުޅިގެން އެކުވެރި މަޖާ މާހައުލެއްގައި
ކިޔަވާ ދަރިވަރުން މުދައްރިސުން ދެކެ މާބޮޑަށް ލޯބި އުފެދި އިހްތިރާމް ކުރާ
މިންވަރުވެސް މާ މޮޑެވެ. އަދި ކްލާސް ކޮންޓްރޯލް ކުރުމަށްވެސް މާފަސޭހަވެގެން
ދެއެވެ.
11. ރީޑިންގ ޓީޗިން މެތަޑް.
މިއީ ދަރިވަރުން ކިޔައިގެން އުގެނުމުގެ ވައްތަރެކެވެ.
މިވައްތަރުގެ ޓީޗިންގައި ދަރިވަރުން އުގެނޭނީ ހުރިހާ އެއްޗެއް
ކިޔައިގެންނެވެ.ކިޔަވައި ދިނުމުގެ މިވައްތަރަކީ ، އެހާ ކާމިޔާބު ވައްތަރެއްކަމަށް
ނުބެލެވެއެވެ. ސަބަބަކީ ގިނަ ދަރިވަރުންނަކީ ފޮތްކިޔާ ހިތްނުވާ ދަރިވަރުން
ތަކެއްކަމުން ކިޔަވައި ދިނުމުގެ މިގޮތް ކާމިޔާބު ވާނެކަމަށް ނުބެލެވެއެވެ.ނަމަވެސް
ބައެއް މުދައްރިސުން އަދިވެސް މިމެތަޑު ބޭނުން ކުރެއެވެ. ވަކީން ޚާއްސްކޮށް
ކޮންމެވެސް ވަރަކަށް ހިތުން ދަސް ކުރަންޖެހޭ މާއްދާތައް މުދައްރިސުން ދަރިވަރުން
ލައްވާ ކިއުއްވައެވެ. މިފަދަ ހާލަތްތަކުގައި ދަރިވަރުން އެމާއްދާތަކުން މަތީ
މާރކްސްވެސް ހޯދައެވެ. ނަމަވެސް އޭގައި ބުނާއެއްޗެއް އަމަލިގޮތުން ބޭނުން ކުރުމާއި
ފަހުންވުން ވަރަށް މަދެވެ.އެހެންކަމުން މިކަލަ މާއްދާތަކުންވެސް ކިޔުއްވުމުގެ
ބަދަލުގައި ކޮންމެވެސް ހަރަކާތެއްގެ ތެރެއިން ދަސްކޮށް ދެވިއްޖެނަމަ ،
އެފިލާވަޅަކުން އެގެންޖެހޭ ބައިތައް އެގިގެންދާނެކަމަށް ފެނެއެވެ.
No comments:
Post a Comment